12 Aug 2015, 10:53
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މޯލްޓާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ދަތުރުފުޅުގައި، މޯލްޓާގެ ރައީސާ މެރީ ލުއީސް ކޮލެއިރޯ ޕުރެކާއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ހާއްޞަ ސިޓީފުޅެއް އެކަމަނާ އަށް އެރުވި އެވެ.
ނާއިބު ރައީސްގެ މޯލްޓާ ދަތުރުފުޅުގައި ރައީސްގެ އިތުރުން ބޮޑުވަޒީރުގެ ނާއިބާއި އަދި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރާ ވެސް ނާއިބު ރައީސް ބައްދަލުކުރެއްވި އެވެ.
ނާއިބު ރައީސް މޯލްޓާ އަށް ވަޑައިގަތީ ދެ ވަނަ ސުވޭޒް ކެނެލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިސުރަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ.