12 Aug 2015, 10:22
އުތުރު އަފްގާނިސްތާނުގައި ހޮނިހިރު ދުވަހު ތޯލިބާނުން ދިން ބޮމުގެ ހަމާލާއެއްގައި 29 މީހަކު މަރުވެއްޖެ އެވެ.
އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީއާ ހަވަލާދީ ސްކައި ނިއުސް އިން ހޯމަ ދުވަހު ބުނީ އެ ހަމަލާތަކުގައި މަރުވެފައި ވަނީ މުޅިން ވެސް އާންމުން ކަމަށެވެ. ނަމަވެސް އަފްގާނިސްތާނުގެ އޮފިޝަލުން ބުނަނީ އެއީ އެންޓި ތޯލިބާން މިލިޓަންޓް ޖަމާއަތުގެ މީހުން ކަމަށެވެ.
ހުކުރު ދުވަހު ދިން ބޮމުގެ ހަމަލާގައި 51 މީހަކު މަރުވެ، އަދި އަހަރުގެ ތެރޭގައި މިހާތަނަށް ދިން އެންމެ އަނިޔާވެރި އަދި ގެއްލުން ބޮޑު ބޮމުގެ ހަމަލާ އަށް ފަހު، ދިން ބޮމުގެ ހަމަލާގެ ޒިންމާ ތޯލިބާނުން ވަނީ އުފުލައިފަ އެވެ.
އިންޓީރިއާ މިނިސްޓްރީ އިން ބުނީ އެ ހަމަލާ ދިނީ ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ކަމަށެވެ. އެ ހަމަލާ އެ މިނިސްޓްރީ އިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
"ޖާނުން ފިދާވެގެން ދިން ހަމަލާގެ ނަތީޖާއެއްގެ ގޮތުން 21 އާންމު ރައްޔިތަކު ވަނީ ޝަހީދުވެފައި އަދި 10 މީހަކު ޒަހަމުވެފައި،" އިންޓީރީއާ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ނަމަވެސް ކުންޑޫޒުގެ ގަވަރުނަރުގެ ތަރުޖަމާން އަބްދުލްވަދޫދު ވާހިދު ވިދާޅުވީ ބާރު ގަދަ ޑިވައިސްތައް ބޭނުންކޮށްގެން ދިން ހަމަލާގައި މަރުވި 22 މީހުންނަކީ މިލިޓާ މީހުން ކަމަށެވެ. އަދި އޭގެ ތެރޭގައި ހަތަރު ކޮމާންޑަރުން ވެސް ހިމެނޭ ކަމަށެވެ.
ކުންޑޫޒު އަކީ ތޯލިބާނުން އެ މީހުންގެ ހަމަލާތައް އަމާޒު ކުރާ އެއް ސަރަހައްދެވެ.
އަމިއްލަ އަށް ހަތިޔާރު ގެން ގުޅޭ މީހުން އަންނަނީ އަފްގާންގެ އުތުރުގައި ވަރުގަދަ ކުރަމުންނެވެ.
އެމެރިކާ އާއި ނޭޓޯގެ ގުޅިފައިވާ ބާރުގެ މިޝަންގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ރަސްމީކޮށް ނިންމާލައިފަ އެވެ. ނަމަވެސް އަދި ވެސް 13،000 މީހުން ހަރަކާތްތެރިވެ އެވެ.