12 Mar 2011, 16:20
ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ 14 ވަނަ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލަށް ގްރޫޕް ސްޓޭޖްގައިވެސް އެންމެ ގަދަކޮށް ފެނުނު ޕޮލިހާއި އެމް އެން ޑީ އެފް ދަތުރުކޮށްފި އެވެ.
މިރޭ ކުޅެވޭ ފައިނަލަށް ޕޮލިސް ދަތުރުކުރީ ސެމީގެ ދެވަނަ މެޗުގައި ކަސްޓަމްސް އަތުން 60-68 ޕޮއިންޓުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހަށް 24 ޕޮއިންޓް ހޯދާދިން އަޙްމަދު ފަޒީލެވެ.
އެމް އެން ޑީ އެފް ފައިނަލަށް ހޮވުނީ ޖީއެމްއާރާއި ވާދަކޮށް 72-55 ޕޮއިންޓުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 26 ޕޮއިންޓް ހޯދާދިން މުހައްމަދު މަހުދީ އެވެ.
މުބާރާތުގެ ފައިނަލަށް ދެ ޓީމު ނުކުންނާނީ މިރޭ 8:30 ގައެވެ.