12 Mar 2011, 16:19
ސްރީލަންކާގެ އިންވިޓޭޝަން މުބާރާތުން ރާއްޖޭގެ 20 އަހަރުންދަށުގެ ޓީމު ޗެމްޕިއަންކަން ހޯދައިފި އެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުޅެވުނު މެޗުން ރާއްޖޭގެ ޓީމު މޮޅުވީ ސްރީލަންކާގެ އަޒާރު ކޮލެޖާއި ވާދަކޮށް ފޯރިގަދަ ކުޅުމެއްގައި 52-56 ޕޮއިންޓުންނެވެ.
ކެންޑީގެ ޓްރިނިޓީ ކޮލެޖުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ ޓީމުން އެންމެ ބޮޑަށް ވިދާލީ ފުރަތަމަ ޑިވިޝަންގައި ބާސްކެޓް ކުޅެމުން އަންނަ އިސްމާއީލް ވިލްދާނެވެ. އޭނާ ވަނީ 18 ޕޮއިންޓް ހޯދާފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖޭގެ ޓީމުގެ އިބްރާހީމް ރަޝްވާނެވެ.
ރާއްޖޭގެ 13 އަހަރުންދަށުގެ ޓީމު ވަނީ މީގެ ކުރިން ލަންކާގައި އޮތް މުބާރާތަކުން ޗެމްޕިއަންކަން ހޯދާފައެވެ.