ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ފެންވަރު ބެލުމަށް ފުރަތަމަ ފަހަރަށް މެޑިކަލް ރެޖިސްޓްރޭޝަން އިމްތިހާނެއް ބާއްވައިފި އެވެ.

އިއްޔެ ބޭއްވި އިމްތިހާނުގައި ދިވެހި އެއް ޑޮކްޓަރަކާއި ހަތަރު ބިދޭސީ ޑޮކްޓަރުން ވަނީ ބައިވެރިވެފަ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއީ އެގޮތަށް ބޭއްވި ފުރަތަމަ އިމްތިހާނު ކަމަށާއި މަގުސަދަކީ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ފެންވަރު ބެލުން ކަމަށެވެ. ފުރަތަމަ އިމްތިހާނުން ފާސްނުވާ ފަރާތްތަކަށް އަދި އިތުރު ފުރުސަތު ދެވިގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މޯލްޑިވްސް މެޑިކަލް ކައުންސިލް އިން ބުނީ އެފަދަ އިމްތިހާނެއް އަދި މި އަހަރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މަސައްކަތް ކުރާ މެޑިކަލް އޮފިސަރުން މަސައްކަތް ކުރަން ފެއްޓުމުގެ ކުރިން އެ އިމްތިހާނު ހަދަން ޖެހޭނެ ކަމަށް މެޑިކަލް ކައުންސިލްއިްނ ބުނެ އެވެ.

ދެ ކަރުދާހެއް ހިމެނޭ އެ އިމްތިހާނުގައި، ޖުމްލަ 300 ސުވާލު ހިމެނޭނެ ކަމަށް މޯލްޑިވް މެޑިކަލް ކައުންސިލުން ބުންޏެވެ.