ޔާޔާ ޓޫރޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން ވެސްޓް ބްރޮމޮވިޗް ގެ މައްޗަށް މެންޗެސްޓާ ސިޓީން ކާމިޔާބު ހޯދައިފިއެވެ.

ވެސްޓް ބްރޮމްގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ޖީސަސް ނާވަސް ތަނަވަސްކޮށްދިން ފުރުސަތުން ޓޫރޭ ކަމިޔާބު ކުރީ މެޗްގެ 9 ވަނަ މިނެޓްގައެވެ.

ދެ ވަނަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޓޫރޭ ކާމިޔަބު ކުރީ އައިވަރީ ކޯސްޓްގެ ގައުމީ ޓީމްގައި އޭނާއާ އެއްކޮށް ކުޅެމުންގެންދާ ވިލްފްރެޑް ބޮނީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ސިޓީގެ ތިން ވަަނަ ލަނޑު ކާމިޔާބު ކުރީ އެޓީމުގެ ކެޕްޓަން ބެލްޖިއަމްގެ ވިންސެންޓް ކޮމްޕެނީއެވެ.

ލިވަޕޫލުން 49 މިލިއަން ޕައުންޑަށް މެންސިޓީއަށް ބަދަލުވި ރަހީމް ސްޓާލިންއަށް ވެސް މި މެޗުގައި ވަނީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާއަށް ދިމާވި މައްސަލައަކީ ނިންމާ ނުލެވުމެވެ.