އުމުރުން ދުވަސްވީ ފަރާތްތައް ބެލެހެއްޓުމާއި، އުމުރުން ދުވަސް ވުމުން ޖެހޭ ބަލިތަކާ ގުޅޭ ގޮތުން ހދ. ކުޅުދުށްފުށީގައި ދެ ދުވަހުގެ ވޯކްޝޮޕެއް ބާއްވާއިފި އެވެ.

ޖެންޑާ މިނިސްޓްރީ އާއި އޭޖްކެއަރ މޯލްޑިވްސް ގުޅިގެން މިމަހުގެ ނުވައަކުން 10 އަށް 'ކެއަރ ގިވަރ'ގެ ނަމުގައި ކުޅުދުށްފުށީގައި ކުރިއަށްގެންދިޔަ ދެ ދުވަހުގެ ވޯކްޝޮޕަކީ އުމުރުން ދުވަސްވުމުން ދާނުގައިތިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތަކުގެ އާއިލާތަކަށާއި ސިއްހީ ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

ޖެންޑަ މިނިސްޓްރީ އާއި އޭޖްކެރ މޯލްޑިވްސް ގުޅިގެން ކުރިއަށްގެން،ދިޔަ ވޯކްޝޮޕްގެ ތެރެއިން: ފޮޓޯ--ޖެންޑަރ

ތަފާތު ދާއިރާތުކުންނާއި އެކި އާއިލާތަކުން 30 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕްގައި ބައިވެރިންނަށް ބަލިމީހުން ބެލެހެއްޓުމާއި، އެފަދަ މީހުން ސާފްކުރުމުގެ އިތުރުން އުމުރުން ދުވަސްވުމުން ދިމާވާ ތަފާތު އެކި ބަލިތަކާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޖެންޑަ މިނިސްޓްރީ އާއި އޭޖްކެރ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕްގެ ތެރެއިން : ފޮޓޯ--ޖެންޑަރ

ކާމާއި ގުޅުން ހުރި ދާއިރާތަކުގެ ތަޖްރިބާކާރުން މައުލޫމާތު ދިން، އެފަދަ ވޯކްޝޮޕެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާ އޯގާތެރިކަންދީ އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން އެފަދަ ފަރާތްތަކަށް ވީހާވެސް ގާތުން އެފަރާތަކުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން ކަމަށް ޖެންޑާއިން ބުނެ އެވެ.

ޖެންޑަ މިނިސްޓްރީ އާއި އޭޖްކެރ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕްގެ ތެރެއިން : ފޮޓޯ--ޖެންޑަރ

މީގެ އިތުރުން ޖެންޑާ އާއި އޭޖްޑް ކެއަރ މޯލްޑިވްސް އާއި ހދ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ހެލްތު ސްކްރީނިން ޕްރޮގްރާމެއް ވެސް ވަނީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެން ގޮސްފަ އެވެ.

ޖެންޑަ މިނިސްޓްރީ އާއި އޭޖްކެރ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕްގެ ތެރެއިން : ފޮޓޯ--ޖެންޑަރ

ހެލްތު ސްކްރީނިން ޕްރޮގްރާމްގައި އުމުރުންދުވަސްވީ މީހުންނާއި އަދި އާންމުންގެ ހެލްތު ސްކްރީނިން ހަދާފައިވާ ކަމަށާއި އަދި ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުން އެކަމުގެ ހާއްސަ ޑރ. އަހްމަދު އަޝްރަފް ބައްލަވައި ހޮސްޕިޓަލުން ޓެސްޓްތައް ހަދައި ފަރުދީފައިވާ ކަމަށް ޖެންޑާއިން ބުނެ އެވެ. އެގޮތުން 270 މީހުން ހެލްތު ސްކްރީން ކޮށްފައިވާއިރު، އޭގެތެރެއިން ގިނަމީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމަށް ޖެންޑާއިން މައުލޫމާތުދެ އެވެ.