10 Aug 2015, 16:52
ސްްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ވަފުދެއް އެގައުމަށް ރޭ ފުރައިފި އެވެ.
އިލްކެޝަންސް ކޮމިޝަނުން ލަންކާ އަށް ދިޔަ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނާއި މެންބަރު މުހައްމަދު ޝަކީލުގެ އިތުރުން މެންބަރު އަހުމަދު އަކްރަމް އަދި އެސިސްޓެންޓް ޑިރެކްޓަރު ޝަހުލާ ރުޝްދީ ކަމަށް އެ ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 17 ވަނަ ދުވަހު އެވެ.
މި މަހުގެ 10 އިން 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އިންތިހާބުގެ ހުރިހާ ކަމެއް އޮބްޒާވްކުރުމުގައި ކޮމިޝަނުގެ ވަފުދުގެ ބޭފުޅުން ބައިވެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.