ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނަލް މެސީ، ޔުނިސެފްގެ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް 4.5 މިލިއަން އާޖެންޓައިން ޕެސޯސް (749،143،2.28ރ.) ހަދިޔާކޮށްފި އެވެ.

އުމުރުން 28 އަހަރުގެ މެސީ އެފައިސާ ހަދިޔާކުރިކަން އިއުލާނުކޮށްފައި ވަނީ ވީޑިއޯ ލިންކެއް މެދުވެރިކޮށެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންނަށް ހާއްސަކޮށްގެން ހިންގާ ކެމްޕެއިނަށް ހަރަދުކުރުމަށް މެސީ ހަދިޔާކުރި 4.5 މިލިއަން ޑޮލަރުގެ އިތުރުން އޭނާގެ ހެޔޮދުއާ އެކުދިންނާއެކު ވާކަމަށް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ މެސީ އަކީ ކުޑަކުދިން ދުނިޔެ ދޫކުރުމުން ސަލާމަތް ކުރުމަށް ޔުނިސެފުން ހިންގާ ހާއްސަ ހަރަކާތުގެ އެމްބެސަޑަރުވެސްމެ އެވެ.