10 Aug 2015, 13:15
ޖުމްހޫރީ މައިދާން ސަރަހައްދުގައި ހުރި ގަސްތައް ކެނޑުމަށް ފަހު އިތުރު ގަސްތަކެއް އިންދައިފި އެވެ.
ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމައްޗަށްވާ ގޮތަށް ޖުމްހޫރީ މައިދާނުގައި ރޭ ވަނީ ހަތް ތުއްރަވާސް ގަސް އިންދައިފަ އެވެ.
ހައުސިންގް މިނިސްޓްރީގެ އެކްޒެކިޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފު މިއަދު ސަން އަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ޖުމްހޫރީ މައިދާނުގައި ބޮޑެތިކޮށް ހެދިފައި ހުރި ގަސްތައް ނަގައި އިތުރު ގަސްތައް ޖަހަމުންދާނެ ކަމަށެވެ.
"މާބޮޑެތި ވީމާ ގަސް ވެއްޓީދާނެތީ، ބައެއް ރުއްރުއް ވެސް އެބަހުރި، އެރުއް ވެސް ނަގައި އާއެއްޗެހި[ގަސް] ޖަހާނެ އަދި." ޝަރީފް ވިދާޅުވި އެވެ.
ޖުމްހޫރީ މައިދާނު ސަރަހައްދުގައި ހުރި ގަސްތައް ނަގައި އާ ގަސްތައް އިންދާފައިވާ އިރު، ސަލްޓަން ޕާކް ކުރުމަތީ ހުންނަ ޖުމްހޫރީ ބިނާ ވެސް ހައުސިން މިނިސްޓްރީ އިން ވަނީ ނަގައިފަ އެވެ. ނަމަވެސް ބިނާ ނެގި ސަބަބެއް ހައުސިން މިނިސްޓްރީ އަކުން ނުބުނެ އެވެ.