ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމަށް މަސައްކަތު ބައްދަލުވުންތަކެއް ބާއްވާ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަމަޖައްސައިފި އެވެ.

ބައްދަލުވުންތަކާ ބެހޭ ގޮތުން ސީއެސްސީ އިން މިއަދު ބުނީ މިއީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލާއި ސިޓީ ކައުންސިލާއި އަވަށު އޮފީހުގު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އުފައްދާ އިދާރާތަކުގެ މަގާމުތައް ކަނޑައަޅައި، މަގާމުތަކަށް މުވައްޒަފުން އައްޔަންކޮށް ވަކި ކުރާނީ ކައުންސިލްތަކުގެ މަޝްވަރާއާއެކު ކަމުގައި ބަޔާން ކުރާތީ، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމަށް މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުންތަކެއް ކަމަށެވެ.

ގައުމީ އިދާރާތައް ހިމެނޭ ސަރަހައްދުތަކުގައި މި ބައްދަލުވުންތައް ބާއްވާނީ މި މަހުގެ 16 އާއި 17 ވަނަ ދުވަހު އެވެ.

އަށް ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ މަޝްވަރާ ބައްދަލުވުންތަކުގައި ކޮންމެ ކައުންސިލަކުން ކައުންސިލަރަކާއި ކައުންސިލްގެ ޒިންމާދާރު ވެރިޔާ ވެސް ބައިވެރިވާނެ އެވެ.