10 Aug 2015, 11:52
އަންނަ މަހު 10ގައި ފެށުމަށް ހަމަޖެހިފައިވާ، އޮފިސްތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނެޓްބޯލް އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ އޮފިސްތަކަށާއި ކުންފުނިތަކުން މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ނެޓްބޯލް އެސޯސިއޭޝަނުން ބުނީ މުބާރަތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުންނާއި ކުންފުނިތަކުން މުބަރާތުގައި ބައިވެރިވުމަށް އެދި ލިޔުމަކުން އެ އެސޯސިއޭޝަންގެ މެއިލް އެޑްރެސް[email protected]އަށް މެއިލް ކުރެއްވުން އެދޭކަމަށެވެ.