10 Aug 2015, 09:39
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ރައީސް ޔާމީން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ހުށަހަޅުއްވާ ކަމަށާއި އެ މައްސަލަ ދިރާސާ ކުރައްވައި މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވައިފައެވެ.
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މިހާރު ހިންގަމުން އަންނަނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ދަށުންނެވެ.