އިނގިރޭސި ޕްރިމިއާ ލީގްގައި ވެސްޓްހަމް ޔުނައިޓެޑް އަތުން 2-0 ގެ ނަތިޖާއަކުން އާސެނަލް ބަލިވިއިރު ވާދަވެރި ލިވަޕޫލުން 1-0 ގެ ނަތީޖާއަކުން ސްޓޯކް ސިޓީގެ މައްޗަށް ކާމިޔާބު ހޯދައިފިއެވެ.

އާސެނަލްގެ ދަނޑު ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ވެސްޓްހަމްގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެނެގޯލްގެ ގައުމީ ޓީމްގެ މިޑްފީލްޑަރު ކޭކައު ކައުޔާޓޭއެވެ.

ވެސްޓްހަމްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އަުފާ ކުރަނީ --- ފޮޓޯ/ ޝައުޓާ ސްޓޮކް

ދެ ވަނަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މައުރޭ ޒަރާޓޭއެވެ.

މިއީ ވޭތު ވެދިޔަ އަށް އަހަރު ތެރޭގައި އާސެނަލްގެ މައްޗަށް ވެސްޓްހަމް ކަމިޔާބު ހޯދި ފުރަތަމަ ފަހަރެވެ.

ލަނޑު ޖެހުމަށްފަހު ވެސްޓްހަމްގެ ކުޅުންތެރިން އުފަ ކުރަނީ --- ފޮޓޯ/ އެކްޝަން ފޮޓޯ

އެންމެ ފަހުން ވެސްޓްހަމްއަށް އާސެނަލް ބަލި ކުރެވިފައިވަނީ 2007 ވަނަ އަހަރުގެ އޭޕްރީލް މަހު 7 ވަނަ ދުވަހުއެވެ. އެމެޗުން ވެސްޓްހަމް މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން ވެސްޓްހަމް އަތުން ބަލިވުމުން އާސެނަލްގެ ކޯޗް އަސެން ވެންގާ ކަންބޮޑު ވެފައި --- ފޮޓޯ/ ރޮއިޓަސް

ރޭ ސްޓޯކް ސިޓީގެ ބްރިޓޭނިއާ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ލިވަޕޫލްގެ ލަނޑު ކާމިޔާބު ކުރީ ބްރަޒިލްގެ ފިލިޕޭ ކުޓީނިއޯއެވެ.

މެޗްގައި އެސްޓަން ވިލާއިން 32.5 މިލިއަން ޕައުންޑަށް ލިވަޕޫލްއާއި ގުޅުނު ބެލްޖިއަމްގެ ކްރިސްޓިއަން ބެންޓެކޭ ވަނީ ފުލުކޮށް ކުޅެފައެވެ.

ބެންޓެކޭއަކީ ލިވަޕޫލުގައި ހުރެފައި 49 މިލިއަން ޕައުންޑްގެ ޓްރާންސްފާ އަގަކަށް މެންޗެސްޓާ ސިޓީއާ ގުޅުނު ރަހީމް ސްޓާލިން ނެތް ތަން ފޫބެއްދުމަށް ލިވަޕޫލްއިން ގެނައި ފޯވަޑެކެވެ.

ރޭ ކުޅުނު އަނެއް މެޗްގައި ނިއުކާސަލް ވަނީ ސައުތު ހެމްޓަންއާ ކުޅެ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.