10 Aug 2015, 08:45
ފައިނަލްގައި ސީދާ ތިން ސެޓުން އަމީނިއްޔާ ސްކޫލް ބަލިކޮށް މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ވެސް ޗެމްޕިއަންކަން ހޯދައި ގޮއިދޫ ސްކޫލުން އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ތާރީޚްގައި ރެކޯޑެއް ހަދައިފިއެވެ.
މިމުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަމާއި އެ އުމުރު ފުރަގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ކަން ހޯދައި ރޭ 16 އަހަރުން ދަށުގެ އަންހެން ޑިވިޝަން މުބާރާތް ކާމިޔާބުކޮށް ގޮއިދޫ ސްކޫލުން ރެކޯޑް ހެދީ މިހާތަނަށް އިންޓަ ސްކޫލްގެ ތާރީޚްގައި ތިން ކެޓަގަރީއަކުން މުބާރާތް ކަމިޔާބު ކުރި ސްކޫލްގެ ޝަރަފު ހޯދައިގެންނެވެ.
މިދިޔަ އަހަރު ކަލާފާން ސްކޫލުން ވަނީ 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނާއި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދައި މުބާރާތުގެ ދެ ކެޓަގެރީއެއް ކާމިޔަބު ކޮށްފައެވެ.
ރޭ ކުޅުނު މެޗްގެ ފުރަތަމަ ސެޓް 25-11 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔާބުކޮށްފައި ވަނީ 25-12 އިންނެވެ. އަދި ތިން ވަނަ ސެޓް ކާމިޔާބުކޮށްފައި ވަނީ 25-2 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.