09 Aug 2015, 22:53
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމުގެ ގޮތުން ހަތް އެކްސްކަވޭޓަރު ގެނެސްފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ ސީއީއޯ އަބްދުލް ރައްޒާގު ހަލީމު އެމްޕީއެލް ސަރަހައްދުގައި ހުންނަވައި ވިދާޅުވީ މަޝްރޫއުތައް ފެށުމުގެ ގޮތުން ހަދަން ޖެހޭ އީއައިއޭ ރިޕޯޓްތައް ނިމެމުންދާ ވަރަކަށް، ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ހަތް އެކްސްކަވޭޓަރު ގެނެސްފައިވާ ކަމަށެވެ.
އެމްޓީސީސީން ގެނައި ހަތް އެކްސްކަވޭޓަރު: ސަންފޮޓޯ--ފަޔާޒު މޫސާ
ހަލީމް ވިދާޅުވި ގޮތުގައި ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކަށް އަލަށް ގެނައި އެކްސްކަވޭޓަރުތައް ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހަލީމް ވިދާޅުވި ގޮތުގައި، ސަރުކާރުން ވަނީ އެކުންފުންޏާ 60 ވަރަކަށް މަޝްރޫއު ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މަޝްރޫއުތައް މިހާރު ވެސް ވަނީ ފަށާފަ އެވެ.