09 Aug 2015, 22:24
މިޔަންމާ ނެޝަނަލް ލީގުގައި މިއަދު ކުޅުނު މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން މުޙައްމަދު ޢާރިފް (ބަކާ) ލަނޑު ކާމިޔާބުކޮށް ތިން ވަނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ޗިން ޔުނައިޓަޑް އެފްސީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކޭބީޒެޑް މޮޅުކޮށްދީފި އެވެ.
މިއަދު ކުޅުނު މެޗްގައި ކޭބީޒެޑްގެ ދެ ވަނަ ލަނޑު ލަނޑު ކާމިޔާބު ކޮށް ތިން ވަނަ ލަނޑު ޖަހަން ބަކާ ފުރުސަތު ތަނަވަސްކޮށްދިނީ އެންމެ ފަހު ފަސް މިނެޓްގަ އެވެ.
އެގޮތުން 85 ވަނަ މިނެޓްގައި ލަނޑު ކާމިޔާބުކޮށް ބަކާ ވަނީ 89 ވަނަ މިނެޓްގައި އެޓީމްގެ ފޯލަންއަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މެޗްގައި ކޭބީޒެޑްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗްގހެ 60 ވަނަ މިނެޓްގައި އޮބްޑެއިންއެވެ.
ޗިން ޔުނައިޓަޑްގެ ހަމައެކަނި ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ޗުން ޔަގިންއެވެ.
މިއީ ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅޭ ބަކާ މިސީޒަންގައި ކާމިޔާބު ކުރި ތިން ވަނަ ލަނޑެވެ.
މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު 22 ޕޮއިންޓް ލިބިގެން ކޭބީޒެޑް އޮތީ ތާވަލްގެ ފަސް ވަނައިގައެވެ.