09 Aug 2015, 20:04
ފައިނަލްގައި އިމާދުއްދީން ސްކޫލް ތިން ސެޓުން ބަލިކޮށް އިންޓާ ސްކޫލް 14 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ބ. ގޮއިދޫ ސްކޫލް ހޯދައިފިއެވެ.
އެ އުމުރުފުރާގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ވެސް ގޮއިދޫ ސްކޫލް ހޯދީ ތިން ސެޓުން އިމާދުއްދީން ސްކޫލް ބަލިކުރުމަށްފަހުގަ އެވެ. މިއަދުގެ ފުރަތަމަ ސެޓް ގޮއިދޫ ސްކޫލް ކާމިޔާބު ކުރީ 25-13 އިންނެވެ. ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25-18 އިންނެވެ. ތިން ވަނަ ސެޓް ކާމީޔާބު ކުރީ 25-5 ންނެވެ.
މެޗަށްފަހު ސަންއަށް ދެއްވި އިންޓަވިއުގައި ގޮއިދޫ ސްކޫލް ޓީމްގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ މިއީ ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި ޓިމް ކުޅުންތެރިން ދެއްކި ތަފާތު މޮޅު ކުޅުމާމެދު ފަހްރުވެރިވާ ކަމަށެވެ.
މިރޭ ކުޅެ 16 އަހަރުން ދަށުގެ އަންހެން ޑިވިޝަން ފައިނަލް މެޗްގައި ބައްދަލު ކުރާނީ ގޮއިދޫ ސްކޫލާއި އަމީނިއްޔާ ސްކޫލެވެ. މިމެޗް ފެށޭނީ މިރޭ 9:30 ގައެވެ. އެ މެޗް ސަން މީޑިއާ ސަން ޓީވީއިން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.