ހދ. އަތޮޅު ތައުލީމީ މަރުކަޒު ގްރޭޑް ފަހެއްގެ އަންހެން ދަރިވަރަކު ކްލާސް ރޫމުގައި އިންދައި އެ ކުއްޖާ ބޮލަށް ފަންކާ އެއް ވެއްޓިއްޖެ އެވެ.

އެ ކުއްޖާ އަށް މިހާރު ދަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެ ކުއްޖާގެ ހާލަތު ސީރިއަސް ނޫން ކަމަށް އެ ކުއްޖާ އަށް ފަރިވާދިން ޑޮކްޓަރު ސަން އަށް ވިދާޅުވި އެވެ. އެ ކުއްޖާގެ ބޯ ވަނީ ދުޅަވެފައިވާ ކަމަށް ވެސް ސަން ވަނީ މައުލޫމާތު ލިބިފަ އެވެ.

'ސަން' އާ ވާހަކަ ދައްކަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު މިއަދު ވިދާޅުވީ ފަންކާ ވެއްޓުނީ ފަންކާ ހަރުކޮށްފައި އިން އިސްކުުރުގެ ބޯ ގޮސްގެންނެވެ.

"ފަންކާ ހަރުކުރަން އިންނަ ބުޅިގަނޑު ހަރުކުރަން ހުރަސްކޮށްޖަހާފައި އިން އިސްކުރުގެ ބޯގޮސްގެން [ފަންކާ ވެއްޓުނީ]." އަލީ މުހައްމަދު ވިދާޅުވި އެވެ.