ކްރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެސްޓީއޯ ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލަށް މާލޭ ސްޕޯރޓްސް ކުލަބާއި މިލާން ކްރުކެޓް އެކަޑަމީ އަދި އިންޑިއަން ބުލޫސް ދަތުރުކޮށްފި އެވެ.

އިންޑިއަން ބްލުސް ސެމީފައިނަލަށް ދަތުރުކުރީ އިއްޔެ މިލާންއާ ދެކޮޅަށް ކުޅެން އޮތް މެޗް ވިއްސާރަވުމުގެ ސަބަބުން ދެ ޓީމު އެއްވަރުވީ ކަމަށް ނިންމައި ކޮންމެ ޓީމަކަށް އެއްޕޮއިންޓް ދީ މެޗު ނިންމާލިއިރު ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ހަތް ޕޮއިންޓް ލިބިފައިވާތީ އެވެ.

އެ މެޗް އެއްވަރު ކަމަށް ނިންމާލުމުން މިލާން ސެމީއަށް ދަތުރު ކުރީ އެއް މެޗް މޮޅުވެ އަނެއް ދެ މެޗް ވިއްސާ ވުމުގެ ސަބުބުން ހުއްޓާލައި އެ ޓީމަށް ފަސް ޕޮއިންޓް ލިބިފައިވުމުންނެވެ.

މާލޭ ސްޕޯޓްސް ފައިނަލަށް ދަތުރު ކުރީ ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓް ލިބިގެންނެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އަންނަ އަންގާރަ ދުވަހު އާރްއޯއައިސީއާއި ސީބީއެލް ސްޕޯޓްސް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެކެވެ.

އާރްއޯއައިސީއާއި ސީބީއެލްއަށްވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

ދެވަަނަ ސެމީގައި ބައްދަލުކުރާނީ މާލޭ ސްޕޯޓްސް މިލާނެވެ.