ހުޅުމާލޭގައި ވިލާ އިން ހިންގާ ޕެޓްރޯލް ޝެޑްގެ އޮފީހުގެ ތިޖޫރީ ފަޅާލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ.

ތިޖޫރީ ހަލާކުކޮށްލައިގެން އޭގައި ހުރި 120،000 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފައި ވަނީ ޕެޓްރޯލް ޝެޑް އޮފީހުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން އެ އޮފީހަށް ވަދެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.