އުތުރުގެ ގައުމެއް ކަމަށްވާ ވިސްކޮންސިންގައި ދިރިއުޅެމުންދާ ދެމަފިރިން އެމީހުންގެ ޖަވާޒީ ހަޔާތުގެ 75 އަހަރު ޒުވާބަކާ ނުލައި ހޭދަކޮށްފި އެވެ.

އާންމުކޮށްވެސް ކިތަންމެލޯބިން ކައިވެނިކޮށްގެން އުޅުނަސް ދެމަފިރިންގެ ދެމެދުގައި ކުދިކުދި ހިތްހަމަ ނުޖެހުންތަކާއި ޒުވާބުތަށް ހިނގައެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުގައި އެ ހިތް ހަމަ ނުޖެހުންތަކާއި ޒުވާބަކީ ކައިވެނީގެ ބަޔެކެވެ.

މީގެ އެތަކެއް އަހަރު ކުރިން 1940 ވަަނަ އަހަރު ކައިވެނި ކުރި އާލިން، 96 އަދި ރިޗާޑް، 97 ގެ ކައިވެންޏަށް މިއަހަރުގެ ނޮވެމްބަރު މަހު 75 އަހަރު ފުރޭނެ އެވެ.

އާލިން އަދި ރިޗާޑު އެންމެ ފުރަތަމަ ބައްދަލުވީ ރައްޓެހިންނާއެކު ފިލްމެއް ބަލަން ދިއުމުގެ ތެރޭގައި ރައްޓެހިންގެ ފަރާތުންނެވެ. އޭގެ ފަހުން އެމީހުން ކައިވެނި ކުރީ ރައްޓެހިވެގެން އެތަށް ދުވަހަކު އުޅުމަށްފަހު އެވެ.

އަދިވެސް އަތުގައި އަޅައިގެން އިނީ ކައިވެނީގެ ފުރަތަމަ އަނގޮޓިކަމަށް ބުނަމުން އާލިން ބުނީ އޭނާގެ ފިރިމީހާ އަކީ ކަންކަމުގައި މަޝްވަރާކޮށް ފަސޭހައިން 'އަންޑަސްޓޭންޑް' ވާ މީހެއް ކަމަށެވެ.

ކައިވެންޏަށް ދެ އަހަރު ވީތަނުން 1942 އެދެމަފިރިންގެ ފުރަތަަމަ ދަރިފުޅު ލިބިނެވެ. ނަމަވެސް ދެން ޖެހުނީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަން ފާހަގަކުރަމުން އާލިން ބުނީ ދެވަނަ ބޮޑު ހަނގުރާމައަށް ރިޗާޑް ފުރައިގެން ދިޔަ ހިސާބުން ވަރަށް ދެރަވި ކަމަށެވެ.

" ރިޗާޑް އާ ގުޅޭނެ އެއްވެސް ގޮތެއް އޭރު ނުވޭ. ސިޓީއެއް ނުފޮނުވޭ. އެހެންވެ އޭނާ ހުރީ ކޮންތާކު ކިހިނެއް ކަމެއްވެސް އޭރު ނޭނގޭ،" އާލިން ކިޔައިދިނެވެ.

އޭގެ 14 މަސްފަހުން ރިޗާޑް އެނބުރި ގައުމަށް އައުމުގެ ކުރިން އާލިންގެ ހުރިހާ ވަގުތެއް ހޭދަކުރީ ކުދިންނަށް ކިޔަވައިދިނުމުގައެެވެ.

" އެއީ އަހަރެންގެ ހަޔާތުގައި އެންމެ އުފާވި ދުވަސް. އަނބިމީހާއާއި ދަރިފުޅުގެ ކައިރިއަށް އެނބުރި އާދެވުނު ދުވަސް،" ރިޗާޑް ބުންޏެވެ.

އޭގެ ފަހުން އާލިން އާއި ރިޗާޑްއަށް ހަ ކުދިން ލިބުނެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ދިނިޔެ ދޫކުރުން ވެގެން ދިޔައީ ވަރަށް ބޮޑު ހިތްދަތި ކަމަކަށް ކަމަށް ދެމަފިރިން ބުންޏެވެ.

" އަހަރެން އަދިވެސް އަންހެނުންދެކެ ވަރަށް ލޯބިވޭ. އެއީ އަހަރެންގެ ހުރިހާވެސް މީހަކީ،" ރިޗާޑް ބުންޏެވެ.

ކައިވެންޏަށް މިއަހަރުގެ ނޮވެމްބަރު 21 ގައި 75 އަހަރު ފުރޭއިރު އަދި މިހާތަނަށް އެއްވެސް ކަމަކާ ޒުވާބު ނުކުރާ ކަމަށް ރިޗާޑް ބުންޏެވެ. އަދި ކަންކަން ހައްލު ކުރަނީ ވާހަކަ ދައްކައިގެން ކަމަށާއި ކަމެއް ދިމާވެއްޖެނަމަ އެކަމާ ބެހޭ ހުރިހާ ވާހަކަ އެއް ދައްކާ ކަމަށް ބުންޏެވެ.

ރެސްޓޯރެންޓްތަކަށް ޑޭޓްތަކަށް ނުވަތަ ސިނަމާތަކަށް ދިއުމުގެ ބަދަލުގައި ދެމީހުން އެއްކޮށް ވަގުތު ހޭދަ ކުރަނީ ގޭގައި ކަމަށް ދެމަފިރިންވެސް ބުންޏެވެ.

އަހަރުތަކެއް ފާއިތުވުމަށް ފަހުވެސް އެ ދެމަފިރިންގެ ހިތުގައިވި ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.

" އަހަރެމެން އެކަކު އަނެކަަކަށްޓަކައި އުފާކުރަން. އަދި މާދަމާވެސް އެކުގައިވުން އެދެން،" އާލިން ބުންޏެެވެ.

އެ ދެމަފިރިންގެ ކައިވެންޏަށް 75 އަހަރު ފުރުން މި ހަފްތާގައި ހޮލްކޮމްބްގެ ކްރިޓިއަން ހާބަރ ޔޫތް ކޭމްޕުގައި އާއިލާއާއި އެކު ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މައުލޫމާތު: ޓައިމްސް