އިނގިރޭސި ޕްރިމިއާ ލީގްގެ ސްވަންސީ ސިޓީއާ ބައްދަލު ކުރި މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކުޅުނު ފުރަތަމަ މެޗް ޕޮއިންޓަކުން ފުއްދާލައިފި އެވެ.

ޗެލްސީ އަމިއްލަ ދަނޑު ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 23 ވަނަ މިނެޓްގައި އޮސްކާއެވެ.

އެ ލަނޑު ޖެހިތާ ހަ މިނެޓްފަހުން މެޗްގެ 29 ވަނަ މިނެޓްގައި ސްވަންސީގެ ގާނަގެ ފޯވަޑް އަންޑްރީ އައީ ޕެލޭ ވަނީ ސްވަންސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީއާ ސްވަންސީ ސިޓީ ބައްދަލު ކުރި މެޗްގައި ލަނޑު ޖެހުމަށްފަހު ސްވަންސީ ސިޓީގެ ކުޅުންތެރިން އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

އޭގެ އެއް މިނެޓްފަހުން ސްވަންސީގެ ފްޑްރީކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑަކުން ޗެލްސީއަށް ވަނީ އަލުން ލީޑް ލިބިފައެވެ.

ފުރަތަމަ ހާފް މިނަތީޖާއިން ނިމުނު އިރު ސްވަންސީއިން ނަތީޖާ ހަމަ ހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ބޭފޭޓަމްބީ ގޯމިސް އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީއާ ސްވަންސީ ސިޓީ ބައްދަލު ކުރި މެޗްގައި ސްވަންސީއަށް ލިބުނު ޕެނަލްޓީ ގޯމިސް ފޮނުވާލަނީ --- ފޮޓޯ/ ޕީއޭ

އެ ޕެނަލްޓީއަކީ ޗެލްސީގެ ކީޕަރު ތައިބަޓް ކޯޓްއާ ޗެލްސީގެ ޕެނަލްޓީ އޭއިއާ ތެރެއިން ބޯޅަ ހިފައިގެން ހުސްކޮށްއެރި ޖޭމްސްއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. އެ ފައުލާ ގުޅިގެން މެޗްގެ ރެފްރީ މައިކަލް އޮލިވާ ވަނީ ކީޕަރަށް ރަތް ކަޑް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީއާ ސްވަންސީ ސިޓީ ބައްދަލު ކުރި މެޗްގައި ސެލްސީގެ ކީޕަރު ކޯޓްއާ ސްވަންސީގެ ގޯމިސްއަށް ފައުލު ކުރަނީ --- ފޮޓޯ/ ރޮއިޓަސް

ޗެލްސީގެ ބަދަލު ގޯލްކީޕަރު ބޮސްނިއާގެ އަސްމީރް ބޮގޮވިކް ކުޅެން އެރުވީ އޮސްކާ ބަދަލު ކުރުމަށްފަހުގަ އެވެ.

އެ ލަނޑަށް ފަހު ވެސް ސެލްސީން ވަނީ ސްވަންސީގެ ގޯލަށް ނުރައްކާކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީއާ ސްވަންސީ ސިޓީ ބައްދަލު ކުރި މެޗްގައި ޗެސްސީގެ ކީޕަރު ތައިބަޓް ކޯޓްއާއަށް ރަތް ކާޑް ދައްކަނީ --- ފޮޓޯ/ ގެޓީ އިމޭޖަސް

މެޗްގެ ބޯލް ޕޮޒީޝަންއަށް ބާލައިރު ޗެލްސީއިންވަނީ 62 ޕަސަންޓް ހިއްސާކޮށްފައެވެ. ސްވަންސީއިން ހިއްސާކޮށްފައި ވަނީ 38 ޕަސަންޓެވެ.

މިރޭ ކުޅުނު އެހެން މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު އެސްޓަން ވިލާ ވަނީ އަލަށް ޕްރިމިއާ ލީގަށް ކޮލިފައިވި އޭއެފްސީ ބޯންމައުތުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފަ އެވެ.

ކްރިސްޓަލް ޕެލަސްއިން ވަނީ ނޯވިޗް ސިޓީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފަ އެވެ.

ސަންޑަލޭންޑް ވަނީ މިރޭ ކުޅުނު ލެއިސްޓާ ސިޓީ އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެވަޓަންއާއި ވޯޑް ފޯޑް ކުޅުނު މެޗް ނިމުނީ 2-2 ން އެއްވަރުވެގެންނެވެ.