މިމަހު 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ 'މިނިވަން ފަންސާސް ޗެމްޕިއަންޝިޕް' ފުޓްބޯޅަ މުބާރާތް އިފްތިތާހުކޮށްފިއެވެ.

އެފްއޭއެމްއިން މީގެ އަހަރުތަކެއް ކުރިން ބޭއްވި އަތޮޅު ފުޓްބޯޅަ މުބާރާތާއި މާލޭގައި ބޭއްވި ޒޯން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރީބްރޭންޑްކޮށް ބާއްވާ 'މިނިވަން ފަންސާސް ޗެމްޕިއަންޝިޕް' އިފްތިތާހުކޮށްދެއްވީ މިރޭ އޮލިމަޕަހުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.

ހަތް ޒޯނަކުން 78 ޓީމް ބައިވެރިވާ އެ މުބާރާތް ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ބުރު ކުޅޭނީ އެޒޯންއެއްގައި ހިމެނޭ ޓީމްތައް އެޓީމްތަކާ މެދުގައެވެ. ދެ ވަނަ ބުރު ކުޅެނީ ޒޯން ޓީމްތަކުގެ މެދުގައެވެ.

ޒޯންތަކުގެ ޓީމްތަކުގައި ކުޅެ ތިން ވަނަ ރައުންޑުން މޮޅުވާ ޓީމްތައް ސެމީފައިނަލަށް ދާނެ އެވެ.

ތިން ވަނަ ރައުންޑްގެ މެޗްތައް ކުޅުދުއްފުއްޓާއި އައްޑޫ ސީޓިގައި ކުޅެން ހަމަޖެހިފައިވާއިރު، ސެމީ ފައިނަލް މެޗާއި ފައިނަލް މެޗް މިއަހަރު ކުޅޭނީ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ.

އެފްއޭއެމްއިން ބުނީ މިމުބާރާތަކީ މުޅި މުބާރާތުގެ ހުރިހާ ކަމަކަށް އެންމެ ބޮޑު ހޭދައެއް ކުރެވޭ ފުޓްބޯޅަ މުބާރާތެވެ.