ދިރާގުގެ އިންޓާނެޓަށް މިރޭ ދިމާވި މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުގެ މެނޭޭޖާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މުހައްމަދު މިރުޝާން ހަަސަން މިރޭ "ސަން"އަށް ދިރާގުގެ އިންޓާނެޓަށް މައްސަލަ ކުރިމަތިވީ މިރޭ 9:45 ކަންހާއިރު ކަމަށާއި ކުޑައިރުކޮޅެއްގެ ތެރޭގައި އެކަން ހައްލުކޮށްފައިވާ ކަމަށެވެ.

"އެއީ ޓެކްނިކަލް ކަމެއް ދިމާވީ، ދިމާވެގެން އިންޓާނެޓަށް މައްސަލަ ދިމާވީ. މިހާރު ބެކް ޓު ނޯމަލް،" މިރުޝާން ވިދާޅުވިއެވެ.

ދިރާގު އިންޓަނެޓަށް މިރޭ ބުރޫއެރުމާއެކު އިންޓާނެޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑުނެވެ. އެގޮތުން "މޯބައިލް އިންޓާނެޓް" އާއިޮ "ބުރޯޑްބޭންޑް އިންޓާނެޓަށް" ވެސް ވަނީ ބުރޫއަރާފައެވެ.