އެމެރިކާ އާއި ކެނެޑާ ގުޅޭ ބޯޑަރު ސަރަހައްދަށް އިއްޔެ އިރުއޮއްސުނުއިރު ކުޑަ ފްލައިޓެއް ވެއްޓި އެ ބޯޓްގައި ތިބި ހަތަރު މީހުން މަރުވެއްޖެ އެވެ. އެ ބޯޓް ވެއްޓުނު ސަބަބު މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. އަދި މަރުވި މީހުންގެ ވަނަވަރެއް ވެސް ހާމައެއް ނުކުރެ އެވެ.

މިއީ އަމިއްލަ މީހެއްގެ ފްލައިޓެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެ ފްލައިޓް ވެއްޓިފައި ވަނީ އެމެރިކާ އާއި ކެނެޑާ ބޯޑަރު ކައިރި ޖައްގައްޔަކަށެވެ. ފްލައިޓް ގެ ބައިތައް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ފާއިތުވި އަހަރުވެސް އެމެރިކާގައި ވަނީ ކުޑަ ފްލައިޓެއް ވެއްޓި ޕައިލެޓާއި ދެ ޕަސެންޖަރުން މަރުވެފަ އެވެ.