ހުޅުމާލޭ ފެހި ކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަލަށް ހިއްކި ސަރަހައްދުގައި 500 އަށް ވުރެ ގިނަ ގަސް މިއަދު ހަވީރު އިންދައިފި އެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި މިއަދު ހިންގި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރު އޮފް އެންވަޔަރަމެންޓް ތާރިހު އިބްރާހީމެވެ.

އެ ހަރަކާތުގައި މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ބައިވެރިވަޑައިގެންނެވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދަކީ އެއްލައްކަ މީހުންނަށް ދިރިއުޅެވޭނެ ސަރަހެއްދެއް ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.