08 Aug 2015, 19:32
އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް ހޮސްޕާ ކައިލް ވޯލްކާ އަތުން ބައިކޮޅަށް ވަން ލަނޑުން 1-0 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓަޑުން ފެށުން ރަނގަޅު ކޮށްފި އެވެ.
ޓޮޓެންހަމް ޑިފެންޑާ ވޯލްކާ އަތުން ބައިކޮޅަށް ލަނޑު ވަނީ މެޗްގެ 22 ވަނަ މިނެޓްގައި މެންޔޫއިން ގޯލް ކުރި މައްޗަށް ހުރަސް ކުރި ބޯޅަ ވެން ރޫނީ ފޮނުވާލަން އުޅުމުން ވޯލްކާ މަސައްކަތް ކުރީ އެބޯޅަ ކޯނަރަކަށް ބޭރުކޮށްލުމަށެވެ. ނަމަވެސް އޭނާގެ ފައިގައި ޖެހިފައި އެބޯޅަ ވަނީ ޓޮޓެންހަމްގެ ގޯލްގެ ވާތު ކަނަށެވެ.

މިއަދު ފެށި އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ޔުނައިޓަޑާއި ޓޮޓެންހަމް ހޮސްޕާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖަސް
މެޗަށް ނިކުތް އިރު އެންމެ ފާހަގަ ކުރެވިގެން ދިޔަ އެއް ބަދަލަކީ މެންޔޫގެ އެއް ނަަންބަރު ގޯލް ކީޕަރ ޑެވިޑް ޑެހެއާ ނުލައި ކުޅެން ނުކުތުމެވެ.

މިއަދު ފެށި އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ޔުނައިޓަޑާއި ޓޮޓެންހަމް ހޮސްޕާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖަސް
އޭނާގެ ބަދަލުގައި މެންޔޫއާގެ ގޯލް ބެލެހެއްޓީ އިޓާލީގެ ސެމްޕްޑޯރިއާގެ ކޮންޓްރެކްޓް ހަމަކުރުމަށްފަހު ފްރީ ޓްރާންސްފާއެއްގައި ޔުނައިޓަޑާ ގުޅުނު އާޖެންޓީނާގެ ގައުމީ ޓީމްގެ ގޯލް ކީޕަރު ސާޖިއޯ ރޮމޭރޯއެވެ.
އެ މެޗްގެ ބޯލް ޕްސެޝަން ކުރީގައި އުޅެނީ މެންޔޫ އެވެ. އެޓީމް ވަނީ ބޯލް ޕޮސެޝަންގައި 54 ޕަސަންޓް ހިއްސާކޮށްފަ އެވެ. ޓޮޓެނަހަމަށް ހިއްސާ ކުރެވުނީ 46 ޕަސަންޓެވެ.

މިއަދު ފެށި އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ޔުނައިޓަޑާއި ޓޮޓެންހަމް ހޮސްޕާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖަސް
މިމެޗްގައި މެންޔޫގެ ކޯޗް ހޮލެންޑްގެ ލުއިސް ވެންހާލް ވަނީ އެ ޓީމާ އަލަށް ގުޅުނު ހުރިހާ ކުޅުންތެރިންނަށް މި މެޗުން ފުރުސަތު ދީފައެވެ.
މިމެޗްގެ އިތުރުން ޕްރިމިއާ ލީގުގައި މިއަދު ފަސް މެޗް ކުޅޭނެ އެވެ.