(ނިއު ދެއްލީ) ނޭވާލުމުގައި އުދަނގޫތަކެއް ދިމާވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުންދާ އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީގެ އަނބިކަނބަލުން، ސުވްރާ މުކަރްޖީގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން މިއަދު ބުނެފި އެވެ.

ސުވްރާ އަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތް ފަރުވާދެއްވުމަށް ދެއްލީގައި ހުންނަ އަސްކަރިއްޔާގެ ރިސާޗް އެންޑް ރެފެރަލް ހަސްޕިޓަލަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެއްވުމަށް ޑޮކްޓަރުން ދެކޮޅު ހައްދަވަ އެވެ.

"ސުވްރާ ހަސްޕިޓަލަށް ގެނެވުނީ ނޭވާލުމުގެ މައްސަލައެއްގައި. އޭނާއަކީ ހާޓް ޕޭޝަންޓެއް. އޭނާ މިހާރު އޮތީ، އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި،" ހޮސްޕިޓަލުގެ ތަރުޖަމާނެއް އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އައިއޭއެންއެސް) އަށް ވިދާޅުވެފައިވެ އެވެ.

ހޮސްޕިޓަލުގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާން ވެސް ވަނީ އެކަން ހިންދުސްތާން ޓައިމްސް އަށް ކަށަވަރުކޮށްދީފަ އެވެ.

އަބިކަނބަލުންގެ އާލާސްކަންފުޅާ ގުޅިގެން ޕްރަނާބް ވަނީ އެގައުމުގެ އޮޑިޝާ ސްޓޭޓަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި ދެ ދުވަހުގެ ދަތުރު ކުރުކޮށްލެއްވުމަށްފަހު، އެނބުރި ދެއްލީއަށް ވަޑައިގެން ސީދާ އަބިކަނބަލުންގެ އަރިހަށް ވަޑައިގެންފައެވެ.

މައުލޫމާތު: އިންޑޯ-އޭޝިއަން ނިއުސް ސާރވިސް، އިންޑިއާގެ ބައެއް ނޫސް އެޖެންސީތައް