ޓްރާންސްޕޯޓް އޮތޯރިޓީން ދެއްވަމުންދާ ގިނަ ހިދުމަތެއް ރ. އަތޮޅު ކައުންސިލުން މިހާރު ލިބޭނެ ކަމަށް އެ ކައުންސިލްގެ ރައީސް އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ރ. އަތޮޅު ކައުންސިލުން ދިނުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް އޮތޯރިޓީ ޗެއާމަން އަބްދުއްރަޝީދު ނާފިޒު އާއި ރ. އަތޮޅު ކައުންސިލްގެ ރައީސް އަންވަރު އިބްރާހިމެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ދޫކުރުމާއި އެއްގަމުއުޅަނދު ފަހަރާއި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީދޫކުުރުމާއި ރަޖިސްޓްރީގެ ވެރިފަރާތް ބަދަލުކުރުމާއި އޮޑި ނަމްބަރު ދޫކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބޭނެ ކަަމަށް އަންވަރު ވިދާޅުވިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ގާތްގަނޑަކަށް ހުރިހާ ހިދުމަތެއް އެ ކައުންސިލުން ލިބޭނެ ކަަމަށް އެ ކައުންސިލުން ބުނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ގިނަ ހިދުމަތްތަކައެއް ރ. އަތޮޅު ކައުންސިލުން ދިނުމާއި ބެހޭ އެއްބަސްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރ. އަތޮޅު ކައުންސިލް

މީގެ ކުރިން ވެސް ރ.އަތޮޅު ކައުންސިލުން ދިޔައީ ޓްރާންސްޕޯޓް އޮތޯރިޓީންދޭ ބައެއް ހިދުމަތްތައް ދެމުންނެވެ. އޭގެ ތެރޭގައި ރ. އަތޮޅު ހިމެނޭ ޒޯނުގައި ވެހިކަލް ދުއްވުމުގެ ލައިސަންސް ދޫކުރުން ހިމެނެއެވެ.