ދެހާސް ނަވާރަ ވަނަ އަހަރު ބާއްވާ އިންޑިއަން އޮޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 10 ވަނަ މުބާރާތް ބާއްވަން ރާއްޖެއިން ބިޑްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މި ފަހަރު އައިއޯއަިޖީގެ ދިވެހި ކޮންޓިންޖެންޓްގެ އިސްވަފުދުން ބުނެފި އެވެ.

އައިއޯއައިޖީއަށް ރީޔޫނިއަންއަށް ގޮސްތިބި ދިވެހި ކޮންޓިންޖެންޓުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައި ވަނީ ސަރުކާރާ ވާހަކަ ދެއްކުމަށްފަހު އައިއޯއަޖީގެ ކުޅިވަރު މުބާރާތް ބޭއްވުމަށް ރާއްޖެއިން ބިޑް ހުށަހަޅާނެ ކަމަށެވެ.

އެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ގޭމްސްއެއް ރާއްޖޭގައި ނުބާއްވާ އިތުރު ހަރުފަތަކުން ކުރިއަށް ނުދެވޭނެ ކަމަށެވެ.

މިއަދު މަރުޒޫޤް އޭނާ ފޭސްބްކް އެކައުންޓް މެދުވެރިކޮށް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުގެ ކުރިން މުބާރާތް ބޭއްވުމާ ގުޅޭ ގޮތުން ހުށަހަޅަން ޖެހޭ ޑޮކިޔުމެންޓްތައް ހުށަނޭޅިއްޖެނަމަ ރާއްޖެއަށް މުބާާރާތް ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މަރުޒޫގް އިތުރަށް ވިދާޅުވެފައިވަނީ އެކަމަށް ރިއާޔަތްކޮށް ސަރުކާރުން އެކަމަށްޓަކައި ދޭންޖެހޭ އެއްބާރުލުމާއި ގެރެންޓީ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.