ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު އެއްވަރުވި ފަސް ރަށުގައި މިއަދު ހެނދުނު ވޯޓުލުން ކުރިއަށް އެބަދެ އެވެ.

އިލެކްޝަން ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ކުރިއަށް ގެންދިޔަ ފަސް ރަށަކީ ހދ. ކުމުންދޫ، އާއި ބ. ކިހާދޫ، އާއި ގއ. ކޮލާމާފުށްޓާއި. މ.ވޭވަށް އަދި ރ. ދުވާފަރު ކަމަށެވެ.
އިލެކްޝަނުން ބުނީ އެރަށްރަށުގައި މިއަދު ހެނދުނު ގަޑިއަށް އެއްވެސް މައްސަލަ އެއްނުޖެހި ވޯޓުލުން ފެށިގެން ކުރިއަށް އެބަދާ ކަމަށެވެ.