08 Aug 2015, 12:19
މިނިވަން 50 އާ ގުޅުވައިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޝަރަފުގެ ހިނގާލުމެއް ބާއްވައިފި އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ މިނިވަން 50 އާ ގުޅުވައިގެން ބޭއްވި ޝަރަފުގެ ހިނގާލުން ބާއްވާފައި ވަނީ އިއްޔެ ހަވީރު ކ. މާފުށީގައި ކަމަށެވެ.
ކަރެކްޝަނަލް ސާވިސް އިން ބޭއްވި ޝަރަފުގެ ހިނގާލުމުގެ ތެރެއިން: ފޮޓޯ/ ކަރެކްޝަނަލް ސާވިސް
އެ ހިނގާލުމުގައި ކަރެކްޝަނަލް ސާވިސްގެ 86 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ވެސް އެ ސާވިސް އިން މައުލޫމާތުދެ އެވެ. އަދި އެއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބޭއްވި އެފަދަ ހިނގާލުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ޝަރަފުގެ ހިނގާލުން ކުރިއަށްދިޔައީ މާފުށީ ޖަލުން ނުކުމެގެން ގޮސް މާފުށީގެ ބޮޑުމަގާއި ބަނދަރު ސަރަޙައްދުގަ އެވެ. އަދި މި ހިނގާލުމުގައި ދެތަނަށް ހުއްޓާފައިވެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބޭއްވި ޝަރަފުގެ ހިނގާލުމުގެ ތެރެއިން: ފޮޓޯ/ ކަރެކްޝަނަލް ސާވިސް
މިނިވަން 50 އާ ގުޅުވައިގެން ޝަރަފުގެ ހިނގާލުމެއް ކަރެކްޝަނަލް ސާވިސް އިން ބާއްވާފައިވާއިރު މިނިވަން 50 އާ ގުޅުވައިގެން ބޭއްވި ހެވިކަމުގެ ހަރަކާތްތަކުގައި ވެސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބައިވެރިވެފައި އެވެ.