08 Aug 2015, 10:25
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަހުމަދު އަދީބު އަބްދުލްގަފޫރު މިސްރުގައި ކިޔަވަންތިބި ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވައިފި އެވެ.
މިސްރުގެ ދެވަނަ ސުއޭޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވީ އިއްޔެއެވެ.
އިއްޔެގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ދިވެހި ދަރިވަރުންގެ ކިޔެވުން ކުރިއަށް ދާގޮތާއި ހާލު އަހުވާލުވަނީ ބައްލަވާލައްވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބުރައީސް ވިދާޅުވީ، މިސްރުގައި ތިބި ރާއްޖޭގ ެދަރުވަރުންގެ ކުރިއެރުމަށް ސަރުކާރުން ކޮށްދެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން އެމަނިކުފާނުވަނީ ދަރިވަރުންގެ ހިޔާލު ހޯއްދަވައިފައެވެ.
ރަސްމީ ދަތުރުފުޅެއްގައި ނައިބުރައީސް އަދީބު މިސްރަށް ފުރާ ވަޑައިގެންފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.