ކުޅުދުއްފުށީ މީހަކު ގޮނޑު ދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުޅުދުއްފުށީ ގޮނޑު ދޮށުގައި އޮއްވާ ފެނުނީ އެރަށު ސާމާ، އުމުރުން 58 އަހަރުގެ މުހައްމަދު މޫސާ ކަމަށާއި ގޮނޑުދޮށުގައި މިއަދު ހެނދުނު އޭނާ ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އޭނާ ފެނިފައި ވަނީ މިއަދު 6:30 ގައެވެ.

ފުލުހުން އަދި ބުނީ މުހައްމަދު މޫސާ ފެނުނު އިރު އޭނާގެ އަނގަމަތީގައި ޒަހަމެއް ހުރި ކަމަށާއި ލަފާ ކުރެވެނީ އޭނާ އޭނާ މަސް ހިފަން އުޅުމަށް ފަހު އެއްގަމަށް އެރި ވަގުތު ވެއްޓިގެން ލިބިފައިވާ ޒަހަމެއް ކަމަށެވެ. (ތަފުސީލު އަންނަނީ)