07 Aug 2015, 23:36
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭޑްމިންޓަން ފިރިހެން ސިންގަލް އިވެންޓުން ރާއްޖޭގެ އަޖުފާން ރަޝީދު ރަން ވަން ލޯ މެޑަލް ހޯދައިފިއެވެ.
އޭނާ އަށް ރަން ވަން ލޯ މެޑަލެއް ލިބުނީ މިއަދު ކުޅުނު ސެމީފައިނަލް މެޗުން ބަލިވުމުންނެވެ.
މިއަދު ކުޅުނު މެޗުން އަޖުފާންއަށް ފުރަތަމަ ސެޓް ލިބިފައިވަނިކޮށް ރީޔޫނިއަންގެ ކުޅުންތެރިޔާ ވަނީ ޖެހިގެން އޮތް ދެ ސެޓް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފައެވެ.
ފުރަތަމަ ސެޓް އަޖުފާން ކާމިޔާބު ކުރީ 21-19 އިންނެވެ. އަދި ދެ ވަނަ ސެޓް ފަސޭހަކަމާއެކު ރިޔޫނިއަންގެ ކުޅުންތެރިޔާ 21-14 އިން ކާމިޔާބު ކުރިއިރު ތިން ވަނަ ސެޓް ފޯރިގަދަ ކުޅުމަކަށް ފަހު ކާމިޔާބު ކުރީ 23-21 އިންނެވެ.
އައިއޯއައިޖީގައި ބެޑްމިންޓަށް ޓީމް އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމް ރިހި މެޑަލް ހޯދިއިރު އަންހެން ޓީމް ވަނީ ލޯ މެޑަލް ހޯދާފައެވެ.
މަސްދަރު: ދިވެހި މީޑިއާ ޓީމް