ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ރައްޔިތުންގެ ޒިންމާ އުފުލުމުގައި ފެއިލްވެފައި ކަމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހިންދަ ސަމަރަސިންގަ ލިޔުއްވި ދެ ފޮތެއް ނެރުމަށް ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލް (ބީއެމްއައިސީއެޗް) ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިރިސޭނާ ވިދާޅުވީ، ރައްޔިތުންގެ ޒިންމާ އުފުލުމަށް އައްޔަންކުރާ މެންބަރުންނަށް ރައްޔިތުން ކުރާ ގަދަރުވެސް ގެއްލިފައިވާ ކަމަށެވެ.

"ވޯޓުލާއިރު މާޒީގައި ހިނގާފައިވާ ކަންތައްތަކަށް ވިސްނާފައި، ރައްޔިތުންގެ ވިސްނުމާއި އިލްމާއި ތަޖުރިބާގެ ބޭނުން ކުރަންޖެހޭ،" ސިރިސޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިމަހުގެ 17 ވަނަ ދުވަހު އެގައުމުގައި ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ވޯޓުދޭންވާނީ، ރައްޔިތުންނަށް ޚިދުމަތްކުރާ އަދި މަޖިލީހުގައި ގަދަރާއި އަނބުރު ނަގަހައްޓާނެ މީހުންނަށް ކަމަށެވެ. ހަމައެކަނި ކަމަށް ގާބިލް އަދި "ކިލަނބު" ނުވާ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ.