އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސެމީފައިނަލް ދެ ވަނަ މެޗްގައި ރިޔޫނިއަން އަތުން ތިން ސެޓުން ބަލިވެ ފައިނަލަށް ނުގޮސް ރާއްޖެގެ ފިރިހެން ވޮލީ ޓީމް މުބާރާތުން ކަޓައިފިއެވެ.

ދާދި ދެންމެ އަކު ނިމުނު މެޗްގެ ފުރަތަމަ ސެޓް ރިޔޫނިއަން ކާމިޔާބު ކުރީ 25-15 އިންނެވެ.

ދެ ވަަނަ ސެޓް ފޯރިގަދަ ކުޅުމަކާއެކު ވަރަށް ވާދަވެރިކޮށްދި އެޓީމުން ކާމިޔާބު ކުރީ 27-25 ންނެވެ.

ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-13 ގެ ބޮޑު ތަފާތަކުންނެވެ.

މާދަމާ ރޭ ކުޅޭ ތިން ވަނަ ހޮވާ މެޗްގައި ރާއްޖެ ބައްދަލު ކުރާނީ ފުރަތަމަ ސެމީފައިނަލުގައި ސީޝެލްސް އަތުން ބަލިވި މަޑަގަސްކަރަ ޓީމާއެވެ.

ތިން ވަަނަ ހޮވާ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް ރަން ވަން ލޯ މެޑަލް ލިބޭނެއެވެ.

ރިޔޫނިއަންއާ ސީޝެލްސް ބައްދަލު ކުރާ ފައިނަލް މެޗް އޮންނާނީ މަދަމާ ރޭއެވެ.