ސަލްމާން ޚާން އާއި ކަބީރް ޚާން، 14 އަހަރުވަންދެން ޕާކިސްތާނުގައި ތާށިވެފައިވާ މަންމަނު އިންޑިއާ އަންހެންކުއްޖެއް ކަމަށްވާ ގީތާ އަށް އެހީވާން އަތުކުރި އޮޅާލައިފިއެވެ.

ޚަބަރު ލިބޭގޮތުން ސަލްމާން ޚާން ވަނީ އެ އަންހެންކުއްޖާގެ މައުލޫމާތު ސާފުކޮށް އޭނާއަށް އެހީ ވެވޭނެ ގޮތެއް ހޯދައިދިނުމަށް ކަބީރް ޚާން ކައިރިން އެދިފައެވެ.

އިންޑިޔާއިން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރު ޓީސީވީ ރާގަވަން ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖްގެ އެދުމުގެ މަތިން ގީތާއާ ބައްދަލުކޮށްފަ އެވެ.

ޕާކިސްތާން އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓެއް ކަމުގައިވާ އަންސަރު ބާނީ މި ބައްދަލުވުމަށް މަރުހަބާ ކިޔައި ކުރެއްވި ޓުވީޓެއްގައި ވަނީ ސަލްމާން ޚާން ގީތާ އަށް އެހީވުމަށް ތައްޔާރުވެފައިވާ ވާހަކަ އާއި، ކަބީރް ޚާން ގާތު އެހީވެވޭނެ ގޮތެއް ހޯދައިދިނުމަށް އެދިފައިވާ ވާހަކަ ލިޔެފައެވެ.

އަންސަރު ބާނީ ވަނީ ގީތާގެ މައިންބަފައިން ހޯދައިދުނުމަށް އެހީތެރިވާން ސަލްމާން ޚާން އަށް ގޮވާލައި އޭނާ ބަޖްރަންގީ ބައިޖާނުގައި ކުޅުނު ރޯލު ހަގީގަތަކަށް ހެދުމަށް ގޮވާލައިފައެވެ.

"ގީތާގެ ހާލާ މެދު ހަމްދަރުދީވެ އޭނާ އާއިލާ ކައިރިއަށް އަނބުރައި ގެންދަން އެހިތެރިވާން މަސައްކަތް ކުރަން އެހީތެރިވާ މީހުން އިންޑިއާގައި ވެސް ތިބިކަން އަންގައި ދިނުމަށް އެއްވެސްކަމެއް ނުކޮށް ބަހައްޓައިގެން ނުވާނެ،" އަންސަރު ބާނީ ކަބީރް ޚާން ބުންޏެވެ.

ބަޖްރަންގީ ބައިޖާން ގައި ސަލްމާން ޚާން ކުޅެނީ އިންޑިއާގައި ތާށިވެފައިވާ މަންމަނު އަދި ބީރު ޕާކިސްތާނު ކުޑަ އަންހެންކުއްޖެއް އޭނާގެ އާއިލާ ކައިރިށް ގެންދަން ކުރާ މަސައްކަތެވެ.

އެ ފިލްމުން ދައްކައިދެނީ ލޯތްބާއި ކުލުނުގައި އާއިލީ ފެންވަރެއް، ގައުމެއް، އަދި ދީނެއް މުހިންމެއް ނޫން ކަމެވެ. އެންމެ މުހިންމީ އިންސާނިއްޔަތުކަން ކަމެވެ.

އުމުރުން މިހާރު 23 އަހަރުވެފައިވާ ގީތާގެ އައިލާ ހޯދުމަށް މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ވަނީ ބޭކާރު ވެފައެވެ. ނަމަވެސް ހިތްވަރުގަދަ މި ކުއްޖާ އޭނާގެ އާއިލާ ކައިރިއަށް އަނބުރައި ދެވޭނެ ކަމުގެ އުންމީދެއް ދުލެއް ނުކުރެއެވެ.