06 Aug 2015, 12:14
މިނިވަން ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައްޔިތުންގެ މަޖަލީހުގެ ރައީސް ޢަބްދުﷲ މަސީހު އަށް ހަދިޔާކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެ މެޑަލް ހަދިޔާކުރެއްވީ އެކަމަށް ޓަކައި މިއަދު ރައްޔިތުންގެ މަޖިލިސް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު އެވެ.
މިނިވަން ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ހަދިޔާ ކުރައްވާފައިވާއިރު ރައީސުލްޖުމްހޫރިޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ވަނީ ހަދިޔާކުރައްވާފަ އެވެ.
މިނިވަން 50ގެ މެޑައްޔަކީ މޯލްޑިވްސް ޕޮލިސް ސަވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ގައުމީ ފެންވަރުގައި ދެވޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތަޢާރަފުކޮށްފައިވާ މެޑަލްއެކެވެ.
"މިނިވަން ފަންސާސް މެޑަލް"ގެ ގޮތުގައި މެޑައްޔެއް ފުލުހުންނަށް ދޭން ނިންމާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެގްޒެކެޓިވް ލެވެލްގައި މަޝްވަރާކުރުމަށް ފަހު ކޮމިޝަނަރު އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނާއި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާއާއި ގުޅިގެން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެ އެވެ.