06 Aug 2015, 09:59
ހުޅުމާލޭގެ ދެފިޔަވަހި ނިމިގެން ގޮސް މާލެ އާއި ހުޅުމާލެއިން 25 ބުރިއަށް އިމާރާތް ކުރެވުމުގެ ހުއްދަ ދެވުމުން ދިވެހި ރާއްޖޭގައި މިހާރު ދިރިއުޅޭ އާބާދީގެ 70 ޕަސެންޓް ހުޅުމާލޭގައި ވަޒަންވެރި ކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބިންގާއަޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އާބާދީ ވަކިވަރެއްގައި ހިފެހެއްޓިއްޖެ ނަމަ ހުޅުމާލޭގައި އާބާދީގެ 70 ޕަސެންޓު ވަޒަންވެރި ކުރެވޭނެ ކަމަށެވެ.
ހުޅުމާލޭގެ ދެފިޔަވަހީގައި މިހާރު ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 70 ޕަސެންޓް ވަޒަންވެރި ކުރެވޭނެރައީސް އަބްދުﷲ ޔާމީން
ދިވެހިރާއްޖޭގައި ދިރިއުޅޭނެ ބިންކޮޅެއް ނެތިގެން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ފަސް ފަޅު ހިއްކިޔަސް މިހާރު އޮތް ހުޅުމާލޭގެ 32 ހުޅުމާލެ ފަސް ފަޅުން ހިއްކޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
މިއީ 500 މިލިއަން ޑޮލަރު (ފަސް ފަޅުހިއްކުމަކީ) އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުރިއަށް ދާން ބޭނުން ނަމަ އެހާ ބޮޑަށް ޖެހިލުން ނުވެ ކުރިއަށް ދާން އެބަޖެހެއޭރައީސް އަބްދުﷲ ޔާމީން
ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން މާބޮޑު ފައިދާއެއް ނުލިބުނު ނަމަވެސް އިޖުތިމާއީ ބޮޑެތި ހޭދަތައް ކުރައްވާ ކަމީ އުފާކުރައްވާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން ވަނީ އަމިއްލަ ފަރާތްތަކުން ކުރާ މިކަހަަލަ ކޮންމެ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދޭނަމޭރައީސް އަބްދުﷲ ޔާމީން
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިގްތިސާދީ ދާއިރާ ހަރުދަނާކުރުން ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް ވެސް ބިން މިލްކު ކުރެވޭ ގޮތަށް، ދާދިފަހުން ގާނޫނު އަސީސީ އަށް ގެނައި އިސްލާހަކީ ހިޔާލުތަފާތުވުންތަކެއް ހުރި އިސްލާހެއް ނަމަވެސް އެ ބަދަލުގެ ސަބަބުން ފައިދާ ކުރާނެ ކަމަށެވެ. އަދި ދިވެހިރާއްޖެ މިހާރު އައިސްފައި އޮތް ހިސާބުން "ބިޒްނަސް އޭސް ޔޫޝުއަލް" އޮވެގެން ކުރިއަށް ދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު ގަބޫލު ކުރަނީ އިސްވެ އަޅުގަނޑުމެން ކުރިއަށް ދާން އަޒުމެއް ހުރެގެން، ކުރިއަށް ދިއުމުގެ ރޫހެއް ހުރެގެން ބޮޑެތި ކަންތައްތަކެއް ކުރުމަށްޓަކައި މަގު ކޮށަން ޖެހޭ ކަމަށްރައީސް އަބްދުﷲ ޔާމީން
ދިވެހިރާއްޖެއަށް ލިބިފައި ހުރި މުއްސަނދިކަމަށް ބަލާ އިރު މުއްސަނދިކަމުގެ ފައިދާ ލިބެން އޮތީ ބިންތަށް ހިއްކިގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ކުރީގެ ވިޔަފާރި ހިނގާ ދިޔަގޮތާ ހިލާފަށް އާ ފުރުސަތުތަކެއް ވިޔަފާރީގެ ތެރެއިން މިހާރު ހުޅުވާލަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވިޔަފާރީގައި "ދަސްކުރުމުގެ މަގުގައި" ކަމަށެވެ. އަދި އޭރު އޮތީ ފިޔަފާރިއަށް މާ ފަހި މާހައުލެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ފާސްކުރާ ގާނޫނުތަކަކީ ވިޔަފާރިވެރިންނަށް މާ ފައިދާ ހުރި ގާނޫނުތަކަކަށް ނޫން އޭރުވެގެން ދިޔައީކީ، އެހެންނަމަވެސް އެހިސާބުން މިއަދުގެ ލޭންޑްސްކޭޕިންގް މިބަދަލުވަނީ އިރާދަކުރެއްވިއްޔާ ވިޔަފާރިވެރިންނަށް ފައިދާ ހުރި ގޮތަކަށް ކަންތައްތައް ކުރެވޭތޯރައީސް އަބްދުﷲ ޔާމީން
މިއަދު ބިންގާ އެޅުނު ހުޅުމާލޭ ޓާޝިއަރީ ހޮސްޕިޓަލަކީ ގިނަ ބަޔަކަށް އޭގެން ފައިދާތަކެއް ކުރާނެ ހޮސްޕިޓަލަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.