06 Aug 2015, 10:13
މެެސީ, ނޭމ,ާ ސުއަރޭޒް (އެމްއެސްއެން) ގެ މޮޅުކުޅުމާ އެކު 3-0ގެ ނަތީޖާއަކުން އޭއެސް ރޯމާ ބަލިކޮށް ބާސެލޯނާ އިން ޖޯން ގެމްޕާ ޓްރޮފީ ކާމިޔާބުކޮށްފި އެވެ.
މެޗްގައި ބާސާގެ ލަނޑުތައް ކާމިޔާބު ކުރީ ނޭމާއާއި މެސީގެ އިތުރުން އީވާން ރެކިޓްޗްއެވެ. ބާސާގެ ފުރަތަމަ ލަނޑު ނޭމާ ކާމިޔާބު ކުރީ ޖެރުމީ މެތިއު ތަނަވަސްކޮށްދިން ބޯޅަ އަކުންނެވެ. މެޗްގައި ބާސާގެ ދެ ވަނަ ލަނޑު މެސީ ކާމިޔާބުކުރީ އެމްއެސްއެން ގުޅިގެން އުފެއްދި ރީތި ހަމަލާއެއްގައި މެޗްގެ 40 ވަނަ މިނެޓްގަ އެވެ. މެޗްގައި ބާސާގެ ތިން ވަނަ ލަނޑު ރެކިޓިޗް ކާމިޔާބު ކުރީ މެޗްގެ 65 ވަނަ މިނެޓްގަ އެވެ.
މެޗްގައި މެސީއާއި ރޯމާގެ ޑިފެންޑާ ޔޮންގާއާ ދެމެދު ހިނގާ ދިޔަ ކުރިމަތި ލުމަކާ ގުޅިގެން ޔޮންގާއަށް ވަނީ ރަތް ކާދް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
ގެމްޕާ ކަޕަކީ ބާސެލޯނާގެ އެއް ފައުންޑާ އަދި ކުރީގެ ކުޅުންތެރިޔާ އަދި ފަހުން ބާސެލޯނާގެ ރައީސްކަން ވެސް ކުރައްވާފައިވާ ޖޮން ގެމްޕާގެ ހަނދާނުގައި ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގެ ޓްރާންސްފާގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ބާއްވަނީ ބާސާއާއި އަލަށް ގުޅެ ކުޅުންތެރިންނަށް ސީޒަންގެ ކުރިން ވާދަވެރި މެޗްތަކެއް ހޮދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. ނަމަވެސް ޓީމާއެކު ފަރިތަ ކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް ބާސާއާ އަލަށް ގުޅުނު އެލެކްސް ވިޑާލްއާއި އަރުދާ ތުރާންއަށް ޖެހުނީ މެޗް ބލަން ދަނޑަށް ވަންނާށެވެ.
އެއީ ފީފާއޮން ބާސާއާ ދޮކޮޅަށް އަޅާފައިވާ ފޮޔަވަޅާއި ގުޅިގެން ޓިމާ އަލަށް ގުޅެ ކުޅުންތެރިންނަށް މިއަހަރު ނުކުޅެވޭތީ އެވެ. ރޭގެ މެޗަކީ ބާސާއިން ފްރީސީޒަންގައި ކުޅޭނެ އެންމެ ފަހު މެޗެވެ. ދެން އެޓީމް ނިކުންނާނީ ޔޫއެފްއާ ޗެމްޕިއަންސް ލީގް ޗެމްޕިއަން ހައިސިއްޔަތުން ޔޫއެފްއާ ސްޕާކަޕްގައި ސެވިއްޔާ ދެކޮޅަށެވެ. މިމެޗް އޮންނާނީ މިއަންނަ އަންގާރަ ދުވަހު އެވެ.