ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) ޖެހި ދެ ލަނޑާއެކު ޕެރާކް އެފްއޭގެ މައްޗަށް 3-2 ގެ ނަތީޖައަކުން ޕީީޑއާރްއެމްއިން ކާމިޔާބު ހޯދައިފިއެވެ.

މެޗްގެ 10 ވަނަ މިނިޓްގައި ޕީޑީއާރުއެމަށް ލީޑް ނަގައި ދިނީވެސް ދަގަނޑޭއެވެ.

މިލަނޑުން ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމައިލިއިރު ޕީޑީއާރްއެމްގެ ދެވަނަ ލަނޑު ޑްރެމާނޯ ޓްރެއާއޯ ކާމިޔާބު ކުރީ މެޗްގެ 58 ވަނަ މިނެޓްގައެވެ.

ޕީީޑީއާރްއެމްގެ ތިން ވަނަ ލަނޑު ދަގަނޑޭ ކާމިޔާބު ކުރީ މެޗްގެ 67 ވަނަ މިނެޓް ގައެވެ.

ޕީީޑީއާރްއެމްއިން ތިން ލަނޑު ކުރީގައި އޮވެ މެޗް ނިންމާލަން ދަނިކޮށް ޕެރާކްގެ ދެ ލަނޑު ކާމިޔާބު ކުރީ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގެ ތެރޭގައެވެ.

އެގޮތުން އެޓީމްގެ ފުރަތަމަ ލަނޑު އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޓީމްގެ ބްރަޒިލްގެ ޑިފެންޑަރު ތިއާގޯ ޖޫނިއޯއެވެ.

އަދި އެލަނޑު ޖެހިތާ ދެ މިނެޓް ފަހުން މެޗްގެ އެންމެ ފަހު ވަގުތު ކޮޅުގައި ޕެރާކްގެ ދެ ވަަނަ ލަނޑު ކާމިޔާބު ކުރީ ޖަމައިކާގެ މިޑްފީލްޑަރު ހޮރާޗޭ ޖޭމްސްއެވެ.

މިމެޗުން މޮޅުވުން ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 25 ޕޮއިންޓް ލިބިގެން ޕީޑީއާރްއެމް އޮތީ ސްޕަލީގް ތާވަލްގެ އަށް ވަނައިގައެވެ.

މެޗުން ބަލިވި ޕެރާކް އޮތީ 27 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. އެއް ވަނައިގައި 39 ޕޮއިންޓާއެކު އޮތީ ޕަހާންގް އެފްސީއެވެ.