ވިލާ ކޮލެޖުގެ މުވައްޒަފުންގެ ހުނަރުވެރިކަން ދައްކައި ދިނުމާއި އެމީހުންގެ ދާއިރާތަކުން ރީސާޗު ކުރުމުގެ ހުނަރުތައް ދައްކުވައިދޭ ޕްރެޒެންޓޭޝަން ތަކެއް ދައްކާލުމަށް ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.

ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން މިއަދުން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގައި ބޭއްވި އެ ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ މައިގަނޑު ދެބަޔަކަށެވެ.

ވިލާކޮލެޖުން ބުނެފައިވަނީ އެ ފުރަތަމަ ބަޔަކީ "ޕްރެޒެންޓް" ކަމަށެވެ. އެ ބައިގައި ކޮންމެ މުއައްޒަފަކަށް ތިން މިނެޓުތެރޭގައި ޕްރެޒެންޓޭޝަން ދައްކާފައިވާ ކަމަށެވެ. މުއައްޒަފުން ޝައުގުވެރިވާ ކަންތައްކާއި މަސައްކަތްކުރާ ދާއިރާ އާއި ގުޅޭގޮތުން ކޮށްފައިވާ ރިސާޗުތަކަށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް އެ ތިން މިނެޓުގެ ތެރޭގައި ދައްކާފައިވެ އެވެ.

ދެ ވަނަ ބަޔަކީ "ފިއުޗާ" އެވެ. ފިއުޗާ ގެ ބައިގައި ކޮންމެ މުއައްޒަފަކު އެ މުއައްޒަފެއްގެ ރިސާޗު އިތުރަށް ފުޅާކޮށް އިތުރަށް ވަރުގަދަ ކުރާނެ ގޮތްތައް ކިޔައިދީފައިވެ އެވެ.

އެ ސެޝަނުގެ ފެސިލިޓޭޓަރެއްގެ ގޮތުގައި އިންނެވި ޕްރޮފެސާ އުގެއިލް ވިދާޅުވީ އެ ޕްރޮގްރާމްގައި ވިލާ ކޮލެޖުގެ މުއްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނުގައި އެހެން ތަންތަނުގެ ބައެއް މުއައްޒަފުން ވެސް ބައިވެރިވި ކަމަށެވެ.

ވިލާ ކޮލެޖަށް އަމާޒުކޮށްގެން އެ ސެޝަން ކުރިއަށް ގެންގޮސްފައިވާއިރު ކުރިއަށް އޮތް މުސްތަގުބަލުގައި އޭގެ ގިނަ ސެޝަންތަކެއް އެކި ފަރާތްތަކަށް އާންމުކޮށްގެން ބާއްވާނެ ކަމަށެވެ.