އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހޯދަމުން ދިޔަ ބިދޭސީއަކު އުވަދޯންޏެއްގެ ދަށުގައި ފިލާ އޮއްވައި ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ފ. ނިލަންދޫން ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ބަނގުލަދޭޝް މީހެއް ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ ޖިންސީ ގޯނާގެ އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނިކޮށް ނިލަންދޫގެ މީހުން ނޫޅޭ ސަރަހައްދެއްގައި އިމާރާތްކުރަމުންދާ ތަނެއްގެ ކައިރީ ބާއްވާފައި އޮތް އުވަދޯންޏެއްގެ ދަށަށް ވަދެ ފިލައި އޮއްވާ އެރޭގެ 2:30 ހާއިރު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.