05 Aug 2015, 15:18
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފޭޑްރޭޝަނުންދޭ މެރިޓްގެ ޝަރަފުގެ އެވޯޑް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އަދި އެ އިދާރާގެ އޮނަރަރީ ޕްރެޒިޒެންޓް އިބްރާހިމް އިސްމާޢީލަށް ލިބިވަޑައިގެންފި އެވެ.
އިބްރާހިމް އިސްމާޢީލަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރީޔުނިއަންގެ އޮލިމްޕިކް ކޮމިޓީގެ ކުރީ ގެ ރައީސް އެވެ.

އައިއޯއައިޖީ ފެޑްރޭޝަނުން ދޭ މެރިޓް އެވޯޑް ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެވޯޑް ހަވާލުކޮށްދެއްވި އޮލިމްޕިކް ކޮމިޓީގެ ރައީސް (ކ) އާއެކު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ޕްރެޒިޒެންޓް (ވ) އާއި ބްރާހިމް އިސްމާއިލް --- އެމްއޯސީ ފޮޓޯ/ އިބްރާހިމް އުޝާފަތު
މިއެވޯޑާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އައިއޯއައިޖީ ކަވަރު ކުރުމަށް ރީޔޫނިއަންގައި ހަރަކާތްތެރިވާ ދިވެހި މީޑީއާތަކަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ އެހާ މަތީ ޝަރެއްފެއް ލިބިވަޑައިގެންނެވުމުން ވަރަށް ހިތް ހަމަޖެހޭ ކަމަށާއި މިއި އޭނާ ފެށި މަސައްކަތުގެ އަގުވަޒަން ކުރުމުގެ އެވޯޑެއް ކަމަށެވެ.
"ކުރީގައި އަޅުގަނޑުމެން ބައިވެރިވީ ހަމައެކަނި މުބާރާތުގައި ބައިވެރިވުމުގެ ގޮތުން ނަމަވެސް އިރާދަކުރެއްވީތީ މިހާރު މިވަނީ މެޑަލަށް ވާދަ ކުރަން ފަށަފައި،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އައިއޯއައިޖީ ފެޑްރޭޝަނުން ދޭ މެރިޓް އެވޯޑް ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ޕްރެޒިޒެންޓް އިބްރާހިމް އިސްމާއިލް (ކ) އާއި އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫޤް (ވ)އާ އެކު ފޮޓޯއަކަށް ހުއްޓިގެން --- އެމްއޯސީ ފޮޓޯ/ އިބްރާހިމް އުޝާފަތު
އެންމެ ފަހުން ސީޝެލްސްގައި ބޭއްވި އިއިއޯއައިޖީގެ އަށް ވަނަ މުބަރާތުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ކުރިޣެ ރައީސް މުޙައްމަދު ޒާހިރު ނަޞީރަށް ވަނީ މި އެވޯޑް ލިބިވަދައިގެންފަ އެވެ.
އިބްރާހިމް އިސްމާއިލަކީ 1979 ވަނަ އހަރު އެންމެ ފުރަތަމަ ބޭއްވި އައިއޯއައިޖީގައި ބައިވެރިވި ދިވެހި ފުތްބޯޅަ ޓީމްގެ ކެޕްޓަނެވެ.