05 Aug 2015, 14:37
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ތިން ވަނަ ހޮވި މެޗްގައި ރާއްޖޭގެ ފާތިމަތު ޖުމާނާ ނިމާލް އާއި މަރްޔަމް ޝަފީޤް (ޒިއުނީ) ގެ ޕެއާގެ މައްޗައް ތިން ސެޓް އެއް ސެޓުން ކާމިޔާބު ހޯދައި ރާއްޖޭގެ މުއީނާ މުޙައްމަދާއި އައިމިނަތު ޝިއުރާ ބްރޯންޒް މެޑަލް (ރަން ވަން ލޯ މެޑަލް) ހޯދައިފިއެވެ.
މެޗްގެ ފުރަތަމަ ސެޓު 11-5 އިން މުއީނާ އާއި ޝިއުރާ ކާމިޔާބުކޮށްފައިވަނިކޮށް ޖުމާނާއާއި ޒިއުނީ ވަނީ 6-11 އިން ދެ ވަނަ ސެޓް ކާމިޔާބުކޮށް އުއްމީދު އާކުރިއެވެ.
ތިން ވަނަ ސެޓު މުއީނާ އާއި ޝިއުރާގެ ޕެއާ 11-5 އިން ކާމިޔާބުކުރުމުން މެޗް އިތުރަށް ފޯރިގަދަވެ ނަތީޖާ ނެރެން ހަތަރު ވަނަ ސެޓެެއް ކުޅެ 11-4 އިން ކާމިޔާބުކޮށް މުއީނާ އާއި ޝިއުރާގެ ޕެއާއިން މެޗް ކާމިޔާބު ކުރިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓޭނިސް އަންހެން އިވެންޓްގެ ތިން ވަނަ ހޮވި މެޗްގައި އެއްކޮޅުން ބައްދަލު ކުރި ޖުމާނާ (ކ) އާއި ޒިއުނީ (ވ) ކުޅެނީ މިދެ ކުޅުންތެރިންގެ މައްޗަށް ކާމިޔަބު ހޯދީ ރާއްޖޭގެ ޝިއުރާ އާއި މުއީނާ ވަނީ ބްރޯންޒް މެޑަލް ހާސިލު ކޮށްފައި --- އެމްއޯސީ ފޮޓޯ/ ޙުސައިން ސިނާން
މިއި ޓީޓީއިން މިގޭމްސްގައި ރާއްޖެއިން ހޯދި ދެ ވަނަ މެޑަލްއެވެ. މީގެ ކުރިން ރާއްޖޭގެ އަންހެން ޓީމް ވަނީ ޓީމް އިވެންޓުން ލޯ މެޑަލް ހޯދައިފިއެވެ.
މއީ މިގޭމްސްގައި ރާއްޖެއިން ހޯދި ހަތް ވަނަ މެޑަލްއެވެ.
މިގޭމްސްގައި މިހާތަނަށް އެންމެ ގިނަ މެޑަލް ހޯދާފައިވަނީ މޮރީޝަސްއެވެ. އެޓީމުން ވަނީ 62 މެޑލް ހޯދާފައެވެ.
މައުލޫމާތު: ދިވެހި މީޑިއާ ޓީމް