ތުރުކީގެ ދެމަފިރިއަކު އެ މީހުންގެ ކައިވެނީގެ ވަލީމާގައި ހާލުގައި ޖެހިފައިވާ ސީރިޔާގެ 4،000 ރެފިއުޖީންނަށް ކާންދީފި އެވެ.

ޓެލެގުރާފް ނޫހުން ބުނީ ތުރުކީގެ އެ ދެމަފިރިން އެ މީހުންގެ ކައިވެނީގެ ވަލީމާގައި ނިންމީ ހާލުގައި ޖެހިފައިވާ ސީރިޔާގެ ރައްޔިތުން ބައިވެރި ކުރުމަށް ކަމަށެވެ. އެގޮތުން ތުރުކީގެ ދެކުނުގައިވާ ކިލިސް ސިޓީގައި 4،000 ރެފިއުޖީންނަށް ދައުވަތު ދީގެން ކާންދީފައިވާ ކަމަށް ޓެލެގްރާފް ނޫހުން ބުނެ އެވެ.

ހާލުގައި ޖެހިފައިވާ ސީރިޔާގެ ރެފިއުޖީންނަށް ކައިވެނީގެ ވަލީމާގައި ކާންދިން ދެމަފިރިން:ފޮޓޯ-ޓެލެގްރާފް

އެ ދަމަފިރިން ކައިވެނިކޮށްފައި ވަނީ ވެސް ސީރިޔާގެ ބޯޑަރާ ކައިރި ސަރަހައްދެއްގަ އެވެ.

ޓެލެގްރާފް ނޫހުން ބުނީ އެ ދެމަފިރިންގެ ކައިވެނީގެ އުފަލުގައި ބާއްވާ ވަލީމާއަށް ސީރިޔާގެ ރެފިއުޖީންނަށް ދައުވަތު ދޭން ނިންމީ ކައިވެނި ކުރި ފިރިހެން މީހާގެ ބައްޕަ ދިން ހިޔާލާ ގުޅިގެންނެވެ. އަދި އެހެން މީހުން ވެސް އެމީހުންގެ ކައިވެނީގެ ދުވަހު އެގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކައިވެނި ކުރި ފިރިހެން މީހާގެ ބައްޕަ ބުނެފައިވާ ކަމަށް ވެސް ޓެލްގްރާފްގައި ބުނެފައިވެ އެވެ.

ހަނގުރާމަ ހިނގަމުންދާ ސީރިޔާއިން ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރެފިއުޖީންނަށް ތުރުކީން ވަނީ މަރުހަބާ ކިޔާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަނގުރާމައިގެ ސަބަބުން ވީރާނަވެފައިވާ ސީރިޔާއިން ހަތަރު މިލިއަން މީހުން ވަނީ ރެފިއުޖީންނަށް ވެފަ އެވެ.