05 Aug 2015, 10:37
ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ޖޫން މަހު ދެ ވަނަ ދުވަހު އެވެ.
އިމްރާން މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ 10:00 ޖަހާކަންހާއިރު އެވެ.
އަދާލަތު ޕާޓީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ޝަރީއަތް ނިމެންދެން އިމްރާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އަލުން "ރިވިއު" ކުރުމަށް އެ ޕާޓީ އިން އެކޯޓަށް ހުށައެޅުމުން އެ މައްސަލަ މިއަދު ބަލަމުން އަންނަ ކަމަށެވެ.
އިމްރާނު ބަންދުގައި ހުންނަތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އޭނާގެ ޝަރީއަތެއް ހިނގި ހުކުމެއް އަދި ކުރެވިފައެއް ނުވެ އެވެ.