05 Aug 2015, 11:21
ޔޫރަޕްގެ ކުލަބުތަކަށް ކުޅުންތެރިން ގަނެވިއްކުމުގެ ބާޒާރު ނުވަތަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ދޮރު މި މަހު ފުރަތަމަ ދުވަހު ބަންދުވެފައިވާއިރު 710 މިލިއަން ޔޫރޯއާއެކު ޓްރަނސްފާ މާކެޓްގައި އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ޕްރިމިއާ ލީގް ކުލަބު ތަކުންނެވެ.
އެގޮތުން ޕްރިމިއާ ލީގުގެ މަޝްހޫރު ހަތަރު ޓީމެއް ކަމަށްވާ ޗެލްސީއާ އާސެނަލް މެންޗެސްޓާ ޔުނައިޓަޑްގެ އިތުރުން ލިވަޕޫލުން ކޮށްފައިވާ ޓްރާންސްފާ ބާޒާރުގައި ކޮށްފައިވާ މުއާމަލާތްތަކުގެ އަގު އެއްކޮށްލުމުން 245.5 ޔޫރޯއަރަ އެވެ.
ޕްރިމިއާ ލީގުން ކުޅުންތެރިން ގަތުމަށްޓަކައި އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ލިވަޕޫލުންނެވެ. އެޓީމުން ވަނީ 110.1 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ.
ކުޅުންތެރިޔަކު އެންމެ އަގުބޮޑުކޮށް ދިޔައީ ވެސް ލިވަޕޫލުންނެވެ. އެއީ 68 މިލިއަން ޔޫރޯއަށް މެންޗެސްޓާ ސިޓީއަށް ބަދަލުވި ރަހީމް ސްޓާލިންއެވެ.
ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ވެސް އެންމެ އަގުބޮޑު ޓްރާންސަފާގެ މުއަމަލާތްތައް ކުރާ ލީގެއްގެ ގޮތުގައި ސްޕެނިޝް ލަލީގާ ހިމެނެ އެވެ. ނަމަަވެސް މިފަހަރު ސްޕެނިޝް ލީގް ގެ ކުލަބުތަކުން 389.7 މިލިއަން ޔޫރޯ އެވެ.
ސްޕެނީޗް ލީގުގެ އެންމެ މަޗްހޫރު ހަތަރު ތީމް ކަަމަށްވާ ބާސެލޯނާ އާއި ރެއަލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑާއި ވިލެންސިއާއިން ޓްރާންސްފާ ބާޒާރުގައިކޮށްފައިވާ މުއާމަލަތްތަކުގެ ޖުމުލަ އަގަކީ 318.9 މިލިއަން ޔޫރޯއެވެ.
ކޮންމެ އަހަރަކު ވެސް ޓްރާންސްފާ މާކެޓްގައި ސްޕެއިނުން އެންމެ އަގުބޮޑު ހޭދައެއް ކުރާ ދެ ކުލަބަކަށް ރެއާލްއާ ބާސާ ހިމެނޭއިރު، މިއަހަރު އެދެކުލަބު ފަހަތަށް ޖައްސާލުމަށްފަހު އެތުލެޓިކޯއިން ވަނީ ރެކޮޑް މިންވަރުގެ ހޭދައެއް ކޮށްފަ އެވެ. އެތުލެޓިކޯއިން ވަނީ 98 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ.